English Edition
Dhivehi Edition

އިއްޔެ ޕީޕީއެމް އިން ކުރިއަށް ގެންދިޔަ އިހްތިޖާޖުގައި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ބައިވެރިވެ ވަޑައިގެންނެވީ، ގޭބަންދުގެ އުސޫލާ ހިލާފަށް ކަމަށާއި އެހެންކަމުން އެކަމާ މެދު ފިޔަވަޅު އަޅާނެކަމަށް ޕްރިޒަން ކޮމިޝަނަރު އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ކުރިއަށް ގެންދިޔަ “އިންސާފު ހޯދަން” އިހްތިޖާޖުގައި ރައީސް ޔާމީން ވަނީ. އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ކުޑަދޮރަކުން ބޭރު ބައްލަވާ ސަޕޯޓަރުންނަށް ހިތްވަރު ދެއްވާފަ އެވެ. އަދި ފަހުން އެމަނިކުފާނު ހުންނެވީ ޕީޕީއެމްގެ ރަސްމީ ދިދަ އަކާއި ދިވެހި ގައުމީ ދިދައެއްވެސް ހިއްޕަވައިގެންނެވެ.

މިކަމާއި ގުޅިގެން ޕްރިޒަން ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރައީސް ޔާމީން ގޭބަންދުގެ އުސޫލުތަކާ ހިލާފުވެފައިވާކަމަށެވެ. އަދި އުސޫލާ ހިލާފުވެވަޑައިގެންފައިވާތީ ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީނާ މެދު ފިޔަވަޅު އަޅުއްވާނެކަމަށްވެސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވިއެވެ