ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމުގެ މި ގައުމުގެ ދެވަނަ ބޮޑުތަކުރުފާނުކަމަށް އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ،
ސަލީމް ރޭ ކުރެއްވި ޓުވިޓެއްގައި މިހެން ވިދާޅުވީ އިއްޔެ އިދިކޮޅު ކޯލިޝަނުން ބޭއްވި ‘އިންސާފު ހޯދަން’ އިހުތިޖާޖުގައި، ރައީސް ޔާމީން ބައިވެރިވެ ވަޑައިގަތުމާއި ގުޅިގެންނެވެ. އިއްޔެ ބޭއްވި އިހްތިޖާޖުގައި ރައީސް ޔާމީންވަނީ، އިހުތިޖާޖުގެ ބައިވެރީންނަށް ހިތްވަރު ދެއްވުމުގެ ގޮތުން އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ކުޑަދޮރަކުން ބޭރު ބަލަން ހުންނަވާ ސަޕޯޓަރުންނަށް ހިތްވަރު ދެއްވާފައެވެ.
ރައީސް ޔާމީން އިހްތިޖާޖުގައި ބައިވެރިވެ ވަޑައިގެންނެވި މައްސަލަ ހޫނުވެފައިވާއިރު ސަލީމް ވިދާޅުވީ ރައީސް ޔާމީން ދެއްކެވީ މި ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ގުރުބާން ވާން ތައްޔާރަށް ހުންނެވި ކަމުގެ ރީތި މިސާލެއްކަމުގައެވެ. އަދި އެ މަނިކުފާނަކީ ދިވެހި ރާއްޖެގެ ދެވަނަ ބޮޑު ތަކުރުފާނުކަމަށް ސަލީމް ވިދާޅުވިއެވެ.
Raees yaameen miadhu e dhehkevee mi dhivehi gaumaa rayyithun ge hahgu gai gurubaan vaan thahyaarah hunnevi kamuge reethi misaaleh Raees yaameen akee dhivehi raahjeyge dhevana bodu thakurufaanu. pic.twitter.com/jIfkzi8xeZ
— Ahmed Saleem (@redwave_saleem) September 10, 2021