English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ ކައުންސިލުން އައްޑޫގެ ޓުއަރިޒަމް ޒޯންތަކުން ބިން ލިބުނު ފަރާތްތަކާއި ބިން ޙަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އިއްޔެ ސިޓީ ކުއުންސިލުން ވަނީ އައްޑޫ ޓުއަރިޒަމް ޒޯނުން ބިން ލިބުނު 8 ފަރާތަކާ އެކު ބިން ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އެގޮތުން އައްޑޫ ސިޓީ ހިތަދޫ ޓުއަރިޒަމް ޒޯނުން 7 ބިން އަދި ހުޅުދޫ ޒޯނުން 1 ބިން ވަނީ ހަވާލުކުރެވިފައެވެ. އިއްޔެ ޙަވާލުކުރެވުނު ބިންތަކުގެ ތެރޭގައި 3000 އަކަފޫޓުގެ 5 ބިން، 5000 އަކަފޫޓުގެ 1 ބިން އަދި 2400 އަކަފޫޓުގެ 2 ބިން ހިމެނެެއެވެ.

އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯންތަކުން ބިން ދޫކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަން ފާހަގަކޮށް އައްޑޫ ސިޓީގެ މޭޔާރ އަލީ ނިޒާރު ވިދާޅުވީ އައްޑޫ ޓުއަރިޒަމް ޒޯނުން އައްޑޫގެ ރައްޔިތުންނަށް އަވަސް މުސަތަގުބަލެއްގައި މަންފާ ހޯދުމަށްޓަކާ އައްޑޫ ސިޓީ ކުއުންސިލުން ކޮއްދޭން ޖެހުނު ކޮންމެ ކަމެއް ކޮއްދިނުމަށް ތައްޔާރަށް ހުންނެވިކަމަށެވެ.