English Edition
Dhivehi Edition

އަފްޣާނިސްތާނުގެ ވެރިކަމަށް އައިސްފައިވާ ޠާލިބާނުން އެ ގައުމުގައި ވަގުތީ ސަރުކާރެއް އެކުލަވާލައިފިއެވެ.

ޠާލިބާނުން އެކުލަވާލި ސަރުކާރުގައި ގިނައިން ހިމެނެނީ އެ ޖަމާއަތުގެ މެންބަރުންގެ ގޮތުގައި ކުރިން ފެނުނު މީހުންނެވެ. އެހެންނަމަވެސް މީގެ ކުރިން ޠާލިބާނުން ވަނީ އެ ޖަމާއަތުން އެކުލަވާލާ ސަރުކާރެއްގައިި ހުރިހާ ފިކުރެއްގެ މީހުން ހިމެނޭނެކަމަށް ބުނެފައެވެ.

ޠާލިބާނުން އެކުލަވާލި ސަރުކާރުގައި 33 ވަޒީރުން ހިމެނެއެވެ. މި ގޮތުން ބޮޑުވަޒީރަކަށް އައްޔަން ކޮށްފައި ވަނީ މުއްލާ މުހައްމަދު ހަސަން އަޚުދު އެވެ. ބޮޑުވަޒީރުގެ ނައިބަކަށް އައްޔަން ކޮށްފައި ވަނީ މުއްލާ އަބްދުލްޣަނީ ބަރަދަރު އެވެ.ޑިފެންސް މިނިސްޓަރަކަށް އައްޔަން ކޮށްފައި ވަނީ މުއްލާ މުހައްމަދު ޔައުގޫބް އެވެ. އިންޓީރިއާ މިނިސްޓަރަކަށް އައްޔަން ކޮށްފައި ވަނީ ސިރާޖުއްދީން ހައްގާނީއެވެ. ފޮރިން މިނިސްޓަރަކަށް އައްޔަން ކޮށްފައި ވަނީ އާމިރު ހާން މުއްތަޣީ އެވެ.ފިނޭންސް މިނިސްޓަރަކަށް އައްޔަން ކޮށްފައި ވަނީ ހަޔާތުﷲ ބަދުރީއެވެ.

ޠާލިބާނުން މިހާރު އެކުލަވާލި ސަރުކާރާއި ބެހޭގޮތުން އެމީހުން ބުނީ މިއީ ވަގުތީ ސަރުކާރެއް ކަމަށާއި އެސަރުކާރުން މަސައްކަތް ކުރާނީ ހުރިހާ ފިކުރެއްގެ މީހުން އެކުލެވޭ ސަރުކާރެއް އެކުލަވާލަން ކަމަށެވެ.