ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ފަސް ބޭފުޅުންގެ ތެރެއިން، ތިން ނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެލްޖީއޭގެ ބޯޑަށް އައްޔަންކުރަން ރައީސް ހުށަހަޅުއްވާފައިވަނީ ދަފްތަރު 2864، އައިމިނަތު އަލީ އާއި މ. ލިލީސް، އަޒްހާ ޒަމީރު އާއި ގ. ހިމާލިޔާގެ، ފާތުމަތު ނިއުމާ އާއި ހ. ރައިޒިން ސަން، ފާތުމަތު ޒީނާ އަލީގެ އިތުރުން ބ. ކެންދޫ، ޝާޒީބިން، އައިޝަތު ޝީޒާއެވެ.
ލާމަރުކަޒީ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު މަޖިލީހަށް ހުށަހެޅުއްވި ނިއުމާ އާއި އަޒްހާ އާއި ޒޫނާގެ ނަމެވެ. މިއަދުގެ ޖަލްސާގައި އެ ނަންތައް ފާސްކުރަން ވޯޓަށް އަހާފައިވާއިރު ޖެންޑާ އިކުއަލިޓީގެ ދާއިރާގެ މެންބަރުގެ މަގާމަށް އަޒްހާ އައްޔަން ކުރަން ރުހުން ދިނީ މަޖިލީހުގެ 43 މެންބަރުންގެ ވޯޓުންނެވެ. ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން އެލްޖީއޭ ބޯޑަށް ފާތިމަތު ނިއުމާ ފާސްކޮށްފައިވަނީ ވެސް 43 މެންބަރުންގެ އިއްތިފާގުންނެވެ.މަދަނީ ޖަމިއްޔާގެ މެންބަރެއްގެ ގޮތުގައި އެލްޖީއޭ ބޯޑަށް އައްޔަންކުރުމަށް ޒީނާގެ ނަން ފާސްކޮށްފައިވަނީ 42 މެންބަރުންގެ ވޯޓުންނެވެ