ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ‘ ގަޓުކަމެއް’ ފެންނާނީ ރައީސް ޔާމީން އަބްދުލްގައްޔޫމާއެކު 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިކުމެވަޑައިގަތުމުންކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
‘އައްޑަނަ’ ޖަލްސާގައި ވާހަކަދައްކަމުން ޝުޖާއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ގަޓު ހުރިކަމަށް ވާނީ 2023 ވަނަ އަހަރުގައި އެމްޑީޕީން ވަކިވެވަޑައިގެން ރައީސް ޔާމީނާއިއެކު އިންތިހާބުގައި ވާދަކުރެއްވުމުން ކަމަށެވެ.
އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަމުން ޝުޖާއު ވިދާޅުވީ ރައީސް ސޯލިހް އެންމެ ބޭނުންވެލައްވާ ވަގުތުގައި ފަހަތް ބައްލަވާގަޑީގައި އެކަކުވެސް ނުހުންނާނެކަމަށެވެ. އަދި ރައީސް ސޯލިހްގެ އަރިހުގައި ޕާޓީގެ ފަރާތުން ތިއްބެވީ ހުސް ވަގުން ކަމަށް ޝުޖާއުވަނީ ވިދާޅުވެފައެވެ.
މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޝުޖާ ވަނީ އަލީ ޒާހިރު މެދުވެރިކުރައްވައި ފަނޑިޔާރު ގެތަކަށް ފޯރުވާ ނުފޫޒު މިހާރުން މިހާރުން ހުއްޓާލުމަށް ގޮވާލާފައެވެ، އަދި ކުރީގެ ރައީސް ޔާމީންނަށް ނުހައްގުން އިއްވާފައިވާ ހުކުމް މިހާރުން މިހާރަށް ބާތިލުކުރުމަށްވެސް ޝުޖާއުވަނީ ގޮވާލާފައެވެ.