English Edition
Dhivehi Edition
ފިޝަރީޒް މިނިސްޓަރު ޝިޔާމް

ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހަމަ އެކަނި އެނގޭނީ ވަށްކޮށް ރޮށި ފިހަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވު “އައްޑަނަ” ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ރައީސް ސޯލިހަކީ ގައުމުގައި ހުރި މައްސަލަތައް ހައްލުކުރަން ދެނެވަޑައިގަންނަވާ ބޭފުޅެއް ނޫންކަމަށެވެ. އަދި ރައީސް ސޯލިހަށް ކުރައްވަން އެނގިވަޑައިގަންނަވާ ހަމައެކަނި ކަމަކީ ވަށްކޮށް ރޮށި ފިހުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ސޯލިހްއަށް ނިސްބަތްކޮށް ޝިޔާމް މިހެން ވިދާޅުވީ 2018 ވަނަ އަހަރު ރައީސް ސޯލިހް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނަށް ވަށްކޮށް ރޮށި ދަމަން އެނގޭ ކަމަށް ވިދާޅުވެ ދައްކަވާފައިވާ ވާހަކަފުޅަށް އިޝާރާތް ކުރައްވައެވެ.

ރޭ އިދިކޮޅުން ބޭއްވި ޖަލްސާގައި އެ ކޯލިޝަނަށާއި ރައީސް ޔާމިނަށް ތާއިދުކުރާ ގިނަ ބަޔަކު ބައިވެރިވެ ވަޑައިގެންނެވި އިރު މި ޖަލްސާގައި ސަރުކާރާއި ފަނޑިޔާރުން އަދި މި ސަރުކާރުގެ މިނިސްޓްރުންނަށް ގިނަ ބަޔަކުވަނީ ފާޑުކިޔާފައެވެ.