އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ އަކީ ސިޔާސީ މަންފާއެއް ހާސިލުކުރަން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ބޭފުޅެއްކަމަށް ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަހުމަދު ޝިޔާމް އެވެ،
ރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމް އިން ކުރިއަށް ގެންދިޔަ ‘އައްޑަނަ’ ޖަލްސާގައި ޝިޔާމު ވަނީ އިއްޔެގެ ހުކުރު ހުތުބާ ވަރަށް ބޮޑަށް ސިޔާސީކޮށްފައިވާކަމަށް ތުހުމަތުކުރައްވާފައެވެ.
އިއްޔެގެ ހުކުރު ހުތުބާގައި އަލި އަޅުވާލާފައވަނީ ‘އިސްލާމް ދީނުގައި މަަސައްކަތުގެ މަގާމް’ މި މައުޟޫއަށެވެ،ހުކުރު ހުތުބާއާއި ބެހޭ ގޮތުން ޝީޔާމް ވިދާޅުވީ އެހެން ހުކުރު ހުތުބާތަކާއި ހިލާފަށް އިއްޔެގެ ހުތުބާގައި ސަރުކާރުގެ މޫނުމަތި ރީތިކުރަން މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މި ހުތުބާގައި އާދަޔާ ހިލާފަށް ސިޔާސީ ކުލަވަރުޖެހިފައިވާކަން ފާހަގަކޮށް ޝިޔާމު ވިދާޅުވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އަކީ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ ބޭފުޅަކަށް ވާއިރު އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ އަކީ ސިޔާސީ މަންފާއެއް ހާސިލުކުރަން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ބޭފުޅެއް ކަމަށެވެ.
އިއްޔެ ހުތުބާގައި ސަރުކާރުން ގައުމު ގެނެސްފައި އޮތް ހާލަތު ނުބުނާކަމަށާއި އާމްދަނީ ހޯދާ މަގު ބަންދުވީ ސަބަބެއް ހުތުބާގައި ބުނަން ނުކެރުނުވަމަށް ވިދާޅުވެ ޝީޔާމްވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.