English Edition
Dhivehi Edition

ރައީސް ޔާމީން އަބްދުލް ގައްޔޫމަކީ މި ގައުމު ދުށް އެންމެ ކެރޭ ގާބިލު އަދި ތައުލީމީ ލީޑަރުކަމަށް އެ މަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރޭ އެ ޕާޓީން ބޭއްވި އައްޑަނަ ޖަލްސާއަށް އިޝާރަތްކުރައްވާ ޑރ.ޖަމީލް ވިދާޅުވީ ދިވެހި ރައްޔިތުން ސަރުކާރަށް ދެއްކީ ވަރުގަދަ މަންޒަރެއްކަމަށާއި މިއީ އެންމެ މެންބަރުން ގިނަ، ލާމަސީލު އަދި ހިތްވަރުގަދަ ޕަޓީކަމަށެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ވަރުގަދަވީ ރައީސް ޔާމީންގެ ދުރު ވިސްނުމުގެ ސަބަބުން ކަން ފާހަގަކޮށް ޑރ.ޖަމީލް ވިދާޅުވީ ރައީސް ޔާމީނަކީ މި ގައުމު ދުށް އެންމެ ކެރޭ ގާބިލު އަދި ތައުލީމީ ލީޑަރުކަމަށެވެ. އަދި އެފަދަ ދެވަނަ ލީޑަރެއް ނެތްކަމަށް ޑރ.ޖަމީލް ވަނީ ވިދާޅުވެފައެވެ.

ރޭގެ ޖަލްސާގައި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޖަމީލް ވަނީ އެމްޑީޕީ ވެރިކަމަށް އަންނަ ފަހަރަކީ ގައުމު މިނިވަންކަމާއި މެދު ސުވާލު އުފެދާ ހާލަތްތަކެއް އަންނަ ދުވަސްތަކެއްކަމަށް ވިދާޅުވެފައެވެ. އިތުރަށް ޑރ،ޖަމީލް ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަން މިނިވަން ކުރާނެކަމަށް ބުނި ނަމަވެސް އެ ކޮމިޝަން އޮތީ “އެންމެ ލޯ ފާމެއްގެ ތެރޭގައި ތާށިވެފައި” ކަމަށެވެ. އަދި ރާއްޖޭގެ ޖުޑީޝަރީ މިނިވަން ކުރުމަށް ވައުދުވެ އެމްޑީޕީން ވެރިކަމަށް އައުމަށްފަހު، އެވައުދު ފުއްދާފައި ނުވާކަމަށް ޑރ.ޖަމީލް ވަނީ ވިދާޅުވެފައެވެ.