English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް އެމަނިކުފާނުގެ ބަޔާން ނެގުމަށް ފުލުހުންގެ ވަފުދެއް އިނގިރޭސިވިލާތަށް ދިއުމަށް ނިންމައިފިއެވެ.

ފުލުހުން މި ގޮތަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައިވާއިރު ރައީސް ނަޝީދު ވަނީ، އެ މަނިކުފާނު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައިގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުން އަދިވެސް ނުނިމޭތީ އާއި ހަމަލައެއްގެ ބިރު އަދިވެސް އޮތުމުން ރާއްޖެ ވަޑައިގެންނެވެން ނެތްކަމަށް ވިދާޅުވެފައެވެ. ވި ނަޝީދު މިހެން ވިދާޅުވީ، ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) އަށް ކުރެއްވި މެސެޖެއްގަ އެވެ.

މިކަމާއި ގުޅޭ ގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އަދި އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވާއިރު އެމަނިކުފާނުގެ ބަޔާން ނެގުމަށް ފުލުހުން ޔޫކޭއަށް ދާ ވަކި ތާރީހެއްވެސް އަދި އެނގިފައެއް ނުވެއެވެ.

ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނީ، ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމް އަދި މ. އުދެހިގޭ އިސްހާގެވެ.