English Edition
Dhivehi Edition
ފޮޓޯ: އީމާން

އައްޑޫ ސިޓީ މީދޫ އަވަށު ފުޓްސަލްދަނޑެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

މިއަދު ސިޓީ ކައުންސިލުން ކުރި އިއުލާނުގައިވަނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީ ކުރެވިފައިވާ ހުރިހާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލާކަމަށެވެ. މި ގޮތުން ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން 2021 ސެޕްޓެމްބަރު 01 ވާ ބުދަ ދުވަހުން ފެށިގެން 2021 ސެޕްޓެމްބަރު 08 ވާ ބުދަ ދުވަހުގެ 12:00 އާއި ދެމެދު މެއިލްކޮށްދިނުމަށް އެދޭކަމަށެވެ. އަދި މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2021 ސެޕްޓެމްބަރު 09 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ބިޑް ގަންނަ ހުރިހާ ފަރާތްތަކުގެ މެއިލްއިން ފޮނުވޭނެކަމަށް މި އިއުލާނުގައިވަނީ ބުނެފައެވެ.

މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 1400.00ރ ( އެއްހާސް ހަތަރުސަތޭކަ ރުފިޔާ ) ހުށަހަޅަން ޖެހޭ އިރު ބީލަމުގައި ބައިވެރިވުމަށް -/300 ( ތިންސަތޭކަ ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ.

އިތުރަށް ކައުންސިލްގެ އިއުލާނުގައި ވަނީ މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2021 ސެޕްޓެމްބަރު 01 ވާ ބުދަ ދުވަހުން ފެށިގެން 2021 ސެޕްޓެމްބަރު 07 ވާ އަންގާރަ ދުވަހާއި ހަމަޔަށް އެއިދާރާއިން ގަންނަން ލިބެނޭކަމަށެވެ. މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 2021 ސެޕްޓެމްބަރު 09 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައެވެ.

އީމެއިލް: [email protected]

ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކުރުން [email protected]