English Edition
Dhivehi Edition

މިއަދުން ފެށިގެން ވެކްސިން ނުޖަހާ ފަރާތްތަކަށް ރެސްޓޯރެންޓްތަކާއި ކެފޭތަކާއި ސައިހޮޓާތަކަށް ނުވަދެވޭނެކަމަށް ނިންމި ނިންމުން ބަދަލުކޮށްފިއެވެ.

އިކޮނަމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އިމްޕޯޓް މުދާ ވިއްކާ ތަންތަނުން އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ފޯރުކޮށްދިނުމުގައި ވެކްސިން ޖަހާފައިވާ ފަރާތްތަކަށް އިސްކަންދޭން ވާނެ ކަމަށެވެ. ނަމަވެސް ވެކްސިން ފުރިހަމަ ނުކުރި ނަމަވެސް އެފަދަ ފަރާތްތަކަށް ވެސް އެއްވެސް ހިދުމަތެއް ދިނުން ހުއްޓާލަން އަންގާފައެއް ނުވެއެވެ. މީގެ އިތުރުން އެ އިއުލާނުގައި ބުނީ މިއަދުން ފެށިގެން، އެއްވެސް ފިޔަވަޅެއް އަޅަން ވާނީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަނުކުރާ ފަރާތްތަކާއިމެދު ކަމަށެވެ.

މި ގޮތުން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތްތަކުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި (އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުނި، ޕާރޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ) ތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޕީ.ސީ.އާރ ޓެސްޓް ހަދައިގެން މަސައްކަތަށް ނުކުތުމަށް އެންގުން ހިމެނެއެވެ.

މީގެއިތުރުން ޖިމްތަކާއި ސެލޫން ފަދަ ވިޔަފާރިތަކުން ހިދުމަތް ހޯދާ ފަރާތަކުން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާނަމަ ހިދުމަތް ނުދިނުމަށް މިނިސްޓްރީންވަނީ އަންގާފައެވެ.