English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ - ފޮޓޯ: އޭއޯ ނިއުސް

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން އާންމުންނަށް ދޫކޮށްފައި ހުރި ގޯތިތަކެއް ނަގުމަށް އައްޑޫ ސިޓީގެ ކައުންސިލުން ނިންމި ނިންމުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބާތިލުކޮށްފިއެވެ.

އެމައްސަލައިގައި މިއަދު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ކައުންސިލަށް އެ ބިންތައް ނުނެގޭނެ ކަމަށް ހުކުމްކޮށްފައެވެ، އަދި އެ ބިންތައް ނެގުމަށް ކަައުންސިލުން ނެރެފައިވާ އިއުލާނު ވެސް ވަނީ ބާތިލުކޮށްފައެވެ.

އްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އިރުމަތީ ފަރާތުން ދޫކުރި ގޯތިތައް ކުރިން އެ ހޮސްޕިޓަލް އަޅަން ކަނޑައެޅި ހިތަދޫ ސްޓޭޑިއަމްގެ ދެކުނަށް އޮންނަ ބިމަށްބަދަލުކޮށް އެ ސަރަހައްދުން 40 ގޯތި ބަދަލުކުރަން ނިންމުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އައްޑޫ ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި މައްސަލަ ކޯޓަށްވެސް ވައްދާފައިވާއިރު، ގޯތިތަކެއް ނަގުމަށް އައްޑޫ ސިޓީގެ ކައުންސިލުން ނިންމި ނިންމުން އަލުން ރިވިއު ކުރުމަށް ކުއްލި ޖަލްސާއެއް ވެސް ވަނީ ބާއްވާފައެވެ.

މީގެކުރިން އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ވަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އިރުމަތީ ފަރާތުން ދޫކުރި 40 ގޯތި ބަދަލުކުރަން ނިންމާފައިވާ އިރު، ބާކީ ހުރި ގޯތި ލިބިފައިވާ ކަމަށް ބެލެވޭ މީހުންގެ ގޯއްޗާ ގުޅޭ ލިޔެކިޔުންތަކުގައި މައްސަލަތަކެއް ހުރުމުން، އެ ގޯތިތަކާ މެދު ފަހުން ގޮތެއް ނިންމާ، އަންގާނެ ކަމަށެވެ.