English Edition
Dhivehi Edition
ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގައި ދައުވާ އުފުލާފައިވާ މީހުންގެ މައުލޫމާތު ހޯދުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލް އަހުމަދު ނާޒިމް އަބްދުއްސައްތާރު އެދިވަޑައިގެންފިއެވެ.

އިއްޔެ ޕީޖީއަށް ސިޓީއެއްް ފޮނުއްވަމުން ރައީސް ނަޝީދުގެ ވަކީލު ވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ނިރުބަވެރ ހަމަލާއާ ގުޅިގެން މިހާރު ދަޢުވާކޮށްފައިވާ ހަތަރު ފަރާތުގެ ދައުވާއާއި އެ ދައުވާއާއި ގުޅޭ ހުރިހާ ލިޔެކިޔުމެއް އާންމުކޮށް ހުޅުވާލެވިގެން ބާއްވާ ޝަރީއަތްތަކުގައި ހާމަވާނެ، ލިޔެކިޔުންތަކުގެ ކޮޕީ ފޯރުކޮށްދެއްވުން އެދޭ ކަމަށެވެ.

ރައީސް ނަޝީދުގެ ފަރާތުން ގާނޫނީ ވަކީލް އަހުމަދު ނާޒިމް އަބްދުއްސައްތާރު ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އަރިހުން ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ މައުލޫމާތު ހޯދަން އެދިފައިވާއިރު މި ލިޔެކިއުންތައް ބޭނުންވަނީ، ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލައިގައި ވަޑައިގަންނަވާ ބިދޭސީ ވަކީލާ ޙިއްސާކުރުމަށެވެ. އަދި ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ގޮތުން ކޮންމެ މީހަކުވެސް ކޮށްފައިވާ އަމަލު ދެނެގަތުމަށެވެ.

މި އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ދައުވާ އުފުލާފައިވަނީ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދާއި މއ. ފޭރުގެ، މުޖާޒު އަހުމަދުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް ގެ މައްޗަށެވެ.