English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، ސޯޝަލް މީޑިއާގައި އިންޒާރު ދިން މީހާ ހައްޔަރުކޮށްފިއެވެ.

“ރައީސް ނަޝީދު ދެން ރާއްޖެ އަތުވެއްޖެ ނަމަ ބަދުރު ދުވަހު އަބޫޖަހުލަށް ހެދިގޮތް ހަދާނެކަމަށް” ބުނެ ސޯޝަލް މީޑިއާގައި އިންޒާރު ދިން މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރ. މީދޫން ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެއްސެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެ މީހާއަކީ އެ ރަށު މީހަކާއި ކައިވެނިކޮށްގެން އުޅޭ މާލޭ މީހެކެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ 6 ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން އިތުރު ފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނަވާފައިވާއިރު އަދިވެސް މި ހަމަލާގެ އަޑީގައި ތިބި ބަޔަކު ހޯދިފައިނުވާކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.