English Edition
Dhivehi Edition

ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެނިޒާމް, ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލާ ސޮއިކުރަން ފަށާފައިވާ ޕެޓިޝަންގައި މަޖިލީހުގެ ނުވަ މެމްބަރަކު ސޮއިކުރައްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަަހަޅުއްވަން ނިންމަވާފައިވާ މި ޕެޓިޝަންގައި ސޮއި ކުރުން ކުރިއަށްދާއިރު މި މަސައްކަތުގައި އިސްކޮށް އުޅުއްވަނީ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އެވެ.

މިހާތަނަށް ބަރުލަމާނީ ޕެޓިޝަންގައި ސޮއިކޮށްފައިވާ މަޖިލީހުގެ މެމްބަރުންނަކީ

  • މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
  • ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
  • ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު
  • އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ)
  • މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)
  • މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
  • މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން
  • ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)

އެ ޕެޓިޝަންގެ މަސައްކަތުގައި އިސްކޮޅު އުޅުއްވާ ގާނޫނީ ވަކީލު ނިޝާން އިބްރާހިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިތުރު މަޖިލިސް މެމްބަރުންވެސް ސޮއިކުރައްވާނެ ކަމަށެވެ.

ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

މިއަދުން ފެށިގެން ކޮންމެ ދުވަހަކު މެންދުރުފަހު 14:00 އިން ރޭގަނޑު 20:00 އަށް ބަރުލަމާނީ ޕެޓިޝަންގައި ސޮއިކުރުން މާލެ ސިޓީގެ އެމްޑީޕީ ހަރުގޭގައި ކުރިއަށް ދާއިރު ބަރުލަމާނީ ނިޒާމެއް ގެންނަން އެންމެ ބޮޑަށް ވާކާލާތު ކުރައްވާ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.