English Edition
Dhivehi Edition

ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމް, ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ،

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަަހަޅުއްވަން ނިންމަވާފައިވާ މި ޕެޓިޝަންގައި ސޮއި ކުރުން ކުރިއަށްދާއިރު މި މަސައްކަތުގައި އިސްކޮށް އުޅުއްވަނީ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އެވެ.

މި ޕެޓެޝިނާ ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުން ހިމެނިވަޑައިގަންނަވާ ވަޓްސްއަޕް ގުރޫޕަކަށް ފޮނުއްވި މެސެޖުގައި ރައީސް ނަޝީދު ވަނީ ވީހާވެސް ގިނަ ބަޔަކު އެ ޕެޓިޝަނުގައި ސޮއިކުރުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާކަމަށެވެ.

މީގެ ކުރިން ރައީސް ނަޝީދުވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހްއަށްވެސް މެސެޖްކުރައްވާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކު ޢަޒީޒު ވިދާޅުވެފައިވަނީ އެކަމުގައި ރައީސްގެ ބަސްފުޅަކީ ވެރިކަމުގެ ނިޒާމު އިޚުތިޔާރުކުރީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމުގައިވާތީ އެކަމަށް ބަދަލެއްވެސް ގެނެވޭނީ ސީދާ ރައްޔިތުންގެ ވޯޓަކުންކަމަށް ދެކެ ވަޑައިގަންނަވާކަމަށެވެ.