English Edition
Dhivehi Edition

ރާއްޖެއިން ދޫކުރާ “ކޮވިޑް-19 ދިފާއު” ވެކްސިން ކާޑު ބަލައިގަންނަ ގައުމުތަކެއް އެބަ ހުރި ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑޮކްޓަރު ފައިސަލް މިހެން ވިދާޅުވީ ކޮވިޑް-19 ވެކްސިން ޖެހުމުން ރާއްޖެއިން ދޫކުރާ “ކޮވިޑް-19 ދިފާއު” ވެކްސިން ކާޑުން، ކާޑު ދޫކުރި ގައުމު އެނގެން ނެތުމުގެ ސަބަބުން ބޭރުގެ ގައުމުތަކުން ކާޑު ބަލައިނުގަންނަ ކަމުގެ ޝަކުވާތައް އިތުރުވުމާއި ގުޅިގެންނެވެ. ކާޑު ދޫކުރި ގައުމު އެނގެން ނެތުމުން ކާޑުގެ ސައްހަކަމާމެދު ގައުމުތަކުން ސުވާލު އުފައްދާކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ

ރާއްޖެއިން ދޫކުރާ ވެކްސިން ކާޑުގައި. ކާޑު ދޫކުރި ގައުމު އެނގެން ނެތުމުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމުގެ ޝަކުވާތަކާއި ގުޅިގެން ޑޮކްޓަރު ފައިސަލް ވިދާޅުވީ ރާއްޖެއިން ދޫކުރާ ކޮވިޑް ވެކްސިން ކާޑު ބަލައިގަންނަ ވަރަށް ގިނަ ގައުމުތައް އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ގަައުމުތަކެއްކަން ޑޮކްޓަރު ފައިސަލް ހާމަކުރައްވާފައެއް ނުވެއެވެ.

ރާއްޖެއިން ދޫކުރާ ކޮވިޑް-19 ވެކްސިން ކާޑުގައި ހިމެނެނީ ވެކްސިން ޖެހި މީހާގެ އައިޑީކާޑު ނަމްބަރާއި، ނަމާއި، އުފަންދުވަހުގެ ތާރީހުގެ އިތުރުން ދިރިއުޅޭ އެޑްރެހުގެ މައުލޫމާތެވެ. އަދި ޖެހި ވެކްސިންގެ ނަމާއި ވެކްސިންޖެހި ތާރީހުގެ އިތުރުން ވެކްސިން ޖަހައިދިން ފަރާތުގެ ނަމަވެ.