English Edition
Dhivehi Edition

ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯން އޭނާގެ ވެބްސައިޓް މެދުވެރިކޮށް ނީލަމުގައި ވިއްކާލާން ޖަހާފައިވާ ތަކެތީގެ ތެރޭގައި މަޝްހޫރު ދެ މީހެއްގެ ޖަނާޒާތަކަށް ދާން ލާފައި ހުރި ހެދުންތަކެއް ހިމެނުމުން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

ދީޕޮކާ އެކި ދުވަސްވަރުގައި ބޭނުންކޮށްފައިވާ ހެދުންތަކާއި ބޫޓާއި ފައިވާނާއި ވިއްކަން ޖަހާފައިވާއިރު ގިނަ ބަޔަކު ވަނީ މި ތަކެތި ވިއްކާލުމުގެ ބަދަލުގައި މީހުންނަށް ހަދިޔާކުރި ނަމަ މާ ރަނގަޅު ކަމަށް ބުނެފައެވެ. އަދި 2013 ވަނަ އަހަރު ދެ ޖަނާޒާއަކަށް ދިއުމަށް އޭނާ ބޭނުންކުރި ހެދުންތައް ވެސް މީގެތެރޭގައި ހިމެނިފައިވުމުން ގިނަ ބަޔަކު އަންނަނީ އޭނައަށް ވަރަށް ބޮަޑަށް ފާޑުކިޔަމުންނެވެ.

މުއްސަނދި ދިރިއުޅުމެއް އުޅެމުން އަންނަ މަޝްހޫރު ތަރިއެއްގެ ފަރާތުން މިކަހަލަ ކަމެއް ފެނުމުން ދެރަވާކަން ހާމަކޮށް ދީޕިކާގެ ސަޕޯޓަރަކު ވަނީ ދީޕިކާ ބައިވެރިވި ޖަނާޒާތަކުގެ ފޮޓޯތައްވެސް އާންމުކޮށްފައެވެ، މި ގޮތުން 2013 ވަނަ އަހަރު، ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ބައްޕަ އަޝޯކް ޗޯޕްޅާގެ ޖަނާޒާގައި ބައިވެރިވި އިރު ދީޕިކާ ލީ ކުރުތާ އާއި ހަމަ އެ އަހަރު ދަންޖެހިގެން މަރުވި ބަތަލާ ޖިއާ ޚާންގެ ޖަނާޒާގައި ބައިވެރިވި އިރު ދީޕިކާ ލީ ކުރުތާ ގެ ފޮޓޯ ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

ސޯޝަލްމީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް ދީޕިކާ އަށް އަމާޒުވެފައިވީ ނަމަވެސް އަދި މިޙާތަނަށް މިކަމާއި ގުޅިގެން އޭނާ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.