English Edition
Dhivehi Edition

ސުޝާންތުގެ މަރާއެކު ފެންމަތިވި މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން ބޮލީވުޑްގެ ގިނަ ތަރިންތަކެއްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އެ ތަރިންނާއި ސުވާލުކުރަމުން އަންނައިރު އެންމެ ފަހުން ސުވާލުކޮށްފައިމިވަނީ ސާރާ އަލީ ހާން އާއި ޝްރައްދާގެ އިތުރުން ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ ތަރި ދިޕިކާ ޕްޑުކޯން އާއެވެ.

ލީކުވި ޑްރަގް ޗެޓު ލޮގްތަކާއި ގުޅިގެން ދީޕިކާ އާއި ފަސްގަޑިއިރު ވަންދެން ސުވާލުކޮށްފައިވާއިރު ދީޕިކާ ވަނީ މަސްތުވާތަކެތި ހޯދަން އޭނާގެ މެނޭޖަރު ކަރިޝްމާ ޕްރަކާޝް އަށް މެސެޖްކުރިކަމަށް އެއްބަސްވެފައެވެ. ބޭރުގެ މީޑީއާ ރިޕޯޓްތައް ބުނާގޮތުން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އަށް ދީޕިކާ އާއި އެކު ކަރިޝްމާވެސް ވަނީ ހާޒިރުކޮށްފައެވެ. އަދި ކަރިޝްމާގެ ހާޒިރުގައި ދީޕިކާ އާއި ސުވާލުކޮށްފައިވާއިރު ދީޕިކާ ބުނީ އެ ޗެޓްލޮގްތަކަކީ 2017 ވަނަ އަހަރު އޮކްޓޯބަރުމަހުގެ ތެރޭގައި ކަރިޝްމާއަށް އޭނާކޮށްފައިވާ މެސެޖްތަކެއް ކަަމަށެވެ.

މި މައްސަލައާއި ގުޅިގެން ދީޕިކާއާއި ގިނަ ސުވާލުތަކެއް ކޮށްފައިވާއިރު އޭނާއަށް ރޮވޭ ވަރުން ޖަވާބު ދޭން އުދަގުވިކަމަށްވެސް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ. މި މައްސަލައިގެ ތަހުޤީގު މިހާ ހިސާބަށް ދިޔައިރު ދީޕިކާ މަސްތުވާތަކެތި ބޭނުންކުރާކަން، ނުވަތަ އެެއީ އޭނާ އެހެން މީހަކަށް ދޭން ހޯދަން އުޅުނު އެއްޗެއްކަމެއް އަދި އެގިފައިނުވާކަމަށް ރިޕޯޓްތައްވަނީ ބުނެފައެވެ.

އެންސީބީއަށް ދީޕިކާ ހާޒިރުވާން އެންގުމާއެކު އޭނާއަށް ތާއިދުކުރާ ފަރާތްތަކުން އޭނާގެ ދިފާއުގައި ނިކުމެފައިވާއިރު އެމީހުންވަނީ ސޯޝަލްމީޑީއާގައިވެސް ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ. މި ގޮތުން މިއީ ބަޔަކު ރާވައިގެން ހިންގާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ބުނެފައިވާއިރު އޭނާގެ ސަޕޯޓަރުންވަނީ ދީޕިކާ ހަގީގަތުވެސް މަސްތުވާތަކެތި ބޭނުންކުރޭތޯ؟ ބުނެ ސުވާލު އުފައްދާފައެވެ. އަދި ދީޕިކާ މިފަދަ ކަމެއް ކުރާނަމަ ފިރިމީހާ ރަންވީރު ސިންގްއަށް އެގޭނެ ކަމަށްވެސް ގިނަ ބަޔަކުވަނީ ބުނެފައެވެ.