English Edition
Dhivehi Edition

އާ އަހަރު ފެށުނު ދުވަހު ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބިގެން ދިޔައީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަޑުކޯން އޭނާގެ ސޯޝަލް މީޑިއާތަކުގައި، ކުރިން ޕޯސްޓްކޮށްފައި ހުރި ހުރިހާ ޕޯސްޓްތަކެއް ޑިލީޓްކޮށްލުމާއި ގުޅިގެންނެވެ.

އިންސްޓަގްރާމްގައި ދީޕިކާއަށް ފޮލޯކުރާ 52.6 މިލިއަން މީހުން ތިބޭއިރު ޓްވިޓާގައި އޭނާއަށް ފޮލޯކުރާ 27.7 މިލިއަން މީހުން އުޅެ އެވެ. އިންސްޓަގްރާމްގެ އިތުރުން ޓްވިޓާގައި އޭނާ މީގެ ކުރިން ޕޯސްޓްކޮށްފައިވާ ހުރި ހުރިހާ ޕޯސްޓްތަކެއް ފޮހެލާފައިވާ އިރު މިކަމާއި ގުޅިގެން ގިނަ ބަޔަކުވަނީ އޭނާ އާއި ސުވާލުވެސް ކޮށްފައެވެ. އެހެންނަމަވެސް މި ސުވާލުތަކަށް ދީޕިކާގެ ފަރާތުން އެއްވެސް ޖަވާބެއް އަދި ލިބިފައިނުވާއިރު ބައެއް މީހުންވަނީ އެއީ ފިލްމު ޕްރޮމޯޝަނަކަށް ޖެއްސި ސްޓަންޓެއްކަމަށް ބުނެފައެވެ. އަދި ބައެއް ފަރާތްތަކުން ދީޕިކާގެ އައިޑީތައް ހެކްކޮށްފައިވާކަމަށް ބުނެފައިވާއިރު އިއްޔެ ދީޕިކާ ވަނީ އިންސްޓަގްރާމް ސްޓޯރީއެއް ލުމަށްފަހު، އޭނާގެ އެކައުންޓް ހެކްކޮށްފައި ނުވާކަން ޔަގީންކޮށްދީފައެވެ.

މީގެ ކުރިންވެސް ބޮލީވުޑްގެ ބައެއް ތަރިން އެމީހުންގެ ސޯޝަލް މީޑިއާ ޕޯސްޓްތައް ޑިލީޓްކޮށްލާފައިވާއިރު، މިދިޔަ އަހަރު އަމިއްލަ އަށް މަރުވި ތަރި ސުޝާންތުވެސް ވަނީ އަމިއްލައަށް މަރުވުމުގެ ކުރިން މި ގޮތަށް ކަންތައްކޮށްފައެވެ.