English Edition
Dhivehi Edition

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށްޓަކައި، އެ ޕާޓީގެ ލީޑަރޝިޕްގެ އިސް ބައެއް ބޭފުޅުން އައްޑޫއަށް ވަޑައިގެންފިއެވެ،

އިދިކޮޅުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މި ދަތުރުގެ ބޭނުމަކީ “މަވެސް ޕީޕީއެމް” ޝިއާރުގެ ދަށުން ޕީޕީއެމަށް މެމްބަރުން އިތުރުކުރުމާއެކު ރައްޔިތުންނާއި ބައްދަލުކުރުންކަމަށެވެ.

މި ގޮތުން މިއަދު ހަވީރު ޕީޕީއެމްގެ ލީޑަރުން ހުޅުދޫ އަށް ވަޑައިގަތުމުން ހުޅުދޫ އަދި މީދޫ ޕީޕީއެމްގެ މެންބަރުންނާއި އެ ޕާޓީއަށް ތާއިދުކުރާ ފަރާތްތަކުންވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މީގެއިތުރުން މިއަދު ބޭއްވި ހަފްލާގައި ޕީޕީއެމް އާއި އަލަށް ގުޅުނު މެންބަރުންގެ ފޯމު ވެސް ޕާޓިގެ އިސް ބޭފުޅުންނާއި ހަވާލުކޮށްފައިވާއިރު މިރޭ މީދޫ ޕީޕީއެމް ސްޓިއަރިން ކޮމިޓީ އާއި ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރާއި ބެހޭ ގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނަައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، އެމްޑީޕީއާ މެދު ރައްޔިތުން ދެކެމުން އައި ގޮތް ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށެވެ.

ބޮޑެތި އާބާދީތަކުން މީގެ ކުރިން ނެތް ތާއީދު، އިދިކޮޅަށް އިތުރުވަމުން އަންނަކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ މި ސަރުކާރުން އަތޮޅު ތެރެއަށް ވި އެއްވެސް ވައުދެއް ފުއްދާފައި ނުވާކަމަށެވެ. އެހެންކަމުން މީގެ ކުރިން ފަސް އަހަރު، ރައީސް ޔާމީން ގެނައި ތަރައްގީއާއި އަޅައި ކިޔަމުން ރައީސް ޔާމީންގެ ފިކުރަށް ވަރަށް ގިނަ ބަޔަކު ބަދަލުވަމުންދާކަމަށެވެ.