English Edition
Dhivehi Edition

ފަސް ތަރީގެ ހޮޓަލެއްގެ ނަމުގައި ބުކިން ހައްދައިދީ, އޮޅުވާލައިގެން ރާއްޖެއަށް ބަޔަކު ގެނެސް އެ މީހުން މަގުމަތި ކުރި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

އޮޅުވާލައިގެން ރާއްޖެ 27 ފަތުރުވެރިން ގެނެސް މަގުމަތިކޮށްފައިވާކަމުގެ މައްސަލާގައި ޝާމިލުވާކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު، ހައްޔަރުކޮށްފައިވާ ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

މާފުށީގައި ހުންނަނަކަމަށް ބުނާ ރާއްޖޭގެ ފަސްތަރީގެ ހޮޓަލެއްގެ ނަމުގައި ކަރަންޓީންވުމަށް ރާއްޖެ އައި ފަތުރުވެރިންތަކެއް މާލެ ގެނެސް އެމީހުން ލާފައިވަނީ ފަޅު ގެއަކަށެވެ. އަދި އެ ފަތުރުވެރިން މައްސަލަ ޖެއްސުމުން އެމީހުންނާއި ހަވާލުވި ބިދޭސީ މީހާ ފިލާފައިވާއިރު އެމީހާ ދެނެގަނެވުނީ އެ ވަގުތު އެ ތަނުގައި ހުރި އެހެން ބިދޭސީއެއްގެ އެހީތެރިކަމާއެކުގައެވެ،.

ހާލުގައި ޖެހުނު ފަތުރުވެރިން އިއްޔެރޭ ދަންވަރު 1 ޖެހިއިރުވެސް މަގުމަތީގައި ތިބިއިރު ފަހުން އެމީހުން ވަނީ އެފްއޭއެމްގެ އެކަމަޑޭޝަން ބްލޮކަށް ބަދަލުކޮށްފައެވެ.