English Edition
Dhivehi Edition

ގއ. ކޫއްޑޫ އެއާޕޯޓަށް ދިޔަ ފަތުރުވެރިއެއްގެ ލަގެޖުން ފައިސާ ވަގަށްނެގި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ގއ. ކޫއްޑޫ އެއާޕޯޓަށް ދިޔަ ފަތުރުވެރިއެއްގެ ލަގެޖުން ފައިސާތައް ވަގަށް ނެގި މައްސަލައެއް ފުލުހަށް ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު މިހާރު ހައްޔަރުކޮށްފައިވާއިރު އެ ހަތަރު މީހުންނަކީވެސް ދިވެހިންކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

އިތުރަށް ފުލުހުން ބުނީ އެ މައްސަލާގައި ވަގަށް ނަގާފައިވާ ފައިސާ ހޯދުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 10،000 ޔޫރޯ ހޯދާފައިވާކަމަށެވެ. އަދި އެ ފައިސާ މިހާރު ވެރިފަރާތާއި ހަވާލުކޮށްފައިވާކަމަށްވެސް ފުލުހުންވަނީ ހާމަކޮށްފައެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގި ކުރަމުންނެވެ.