English Edition
Dhivehi Edition
ކުއްޑޫ

ގއ. ކޫއްޑޫ މަސް ފެކްޓަރީގައި މަސައްކަތްކުރާ ތިން ބިދޭސީއަކު ފައިލޭރިއާއަށް ޕޮޒިޓިވް ވެއްޖެއެވެ.

މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު (ކޭޑް) މިއަދު ވިދާޅުވީ، ކުއްޑޫ އިން ފައިލޭރިއާއަށް ޕޮޒިޓިވްވީ އިންޑިއާގެ ތިން މީހުން ކަމަށެވެ. މި ތިން މީހުންނަށްވެސް ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު އެ މީހުން މިހާރު ފަރުވާ އަށް ފަހު މަސައްކަތަށް ނުކުމެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ކޫއްޑޫއިން ފައިލޭރިއާއަށް ޕޮޒިޓިވްވި ތިން މީހުނަކީ މި ފަހުން ރާއްޖެއައި ތިން މީހުން ނޫން ކަމަށާއި އެ މީހުން ރާއްޖެ އައިސް މަސައްކަތް ކުރަމުން ދަނީ މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ކަމަށެވެ.

އިތުރަށް ސައީދު ވިދާޅުވީ މި ކޭސްތަކާ ގުޅިގެން ފެލިވަރާއި ކޫއްޑޫގައިވެސް ސްކްރީނިން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާ ކަމަށާއި ޕޮޒިޓިވްވި މީހުން ފަރުވާދީ ރަނގަޅުވެފައިވާތީ އޮޕަރޭޝަންތައް އާންމު އުސޫލުން ކުރިއަށްދާ ކަމަށެވެ.