މަންމައަކު އޭނާގެ ދަރިއަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ނ. ވެލިދޫގައި މަންމައަކު އޭނާގެ ކުޑަ ދަރިފުޅަށް އަނިޔާ ކުރި މައްސަލައެއް ބަލަމުން އަންނައިރު އެ ކުއްޖާ ރައްކާތެރިކަމުގެ މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީންވަނީ ބުނެފައެވެ.
އެމައްސަލަ އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ޖެންޑާ މިނިސްޓްރީ އާއި ގުޅިގެން ބަލަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންނަމަވެސް މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.