English Edition
Dhivehi Edition

ހޮނިހިރު ދުވަހު ހައިޓީއަށް އައި ބާރުގަދަ ބިންހެލުމުގައި 304 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ބިންހެލުން އައިސްފައި ވަނީ، ޕެޓިޓް ޓްރޮއު ޑި ނިޕްސް ޓައުންއާއި ފަސް މޭލު ކައިރިއަށެވެ. އަދި މި ބިންހެލުމުގެ އަސަރު ކަރިބީއަންއަަށްވެސް ކޮށްފައިވާއިރު، އިމާރާތްތައް ވެއްޓިދާނެ ކަމުގެ ބިރަށް ގިނަބަޔަކު އެ ސަރަހައްދުތަކުން ދުރަށް ދިއުމަށް ކަމާއި ބެހޭ އިދާރާތަކުންވެސް ވަނީ އިލްތިމާޒުކޮށްފައެވެ.

ހައިޓީ އަށް 7.2 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިން ހެލުމުގައި 1800 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު ހައިޓީއަށް އައި ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރު ވެސް ވަނީ ދީފައެވެ. އަދި އެ ބިންހެލުމަށްފަހު އާފްޓާ ޝޮކްތަކެއް އައި އިރު އިމާރާތްތަކުގެ ދަށުން މީހުން ސަލާމާތްކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ރިޕޯޓްތައްވަނީ ބުނެފައެވެ

ހައިޓީގެ ކަމާއި ބެހޭ އި ދާރާތަކުން، ބިންހެލުމުގައި ޒަހަމްވި މީހުންނަށް ފަރުވާދިނުމުގެ މަސައްކަތްކުރަމުން އަންނައިރު ހޮސްޕިޓަލުގެ ބޭރުގައިވެސް ޓެންޓު ޖަހައިގެން މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތްކުރަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައްވަނީ ބުނެފައެވެ.