English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫ

އައްޑޫ ސިޓީއާ 894 ކިލޯމީޓަރު ދުރަށް މިއަދު ބިންހެލުމެއް އައިސްފިއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ މި ބިންހެލުން އައިސްފައިވަނީ މިއަދު ހަވީރު 16:46 ގައި ކަމަށެވެ. މި ބިންހެލުން އައިސްފައިވަނީ ރެކްޓަ މިންގަނޑުން 5.6 މެގްނިޓިއުޑްގެ ބާރުމިނުގައިކަމަށެވެ.

މީގެ އިތުރުން މެޓް އޮފީހުން ބުނި ގޮތުގައި ބިންހެލުން އައި ސަރައްހަދަކީ އައްޑޫ ސިޓީއާ 894 ކިލޯމީޓަރު ދުރު ސަރަހައްދެއް ކަމަށާ މި ބިންހެލުމުގެ ސަބަބުން ރާއްޖެ އަށް އަސަރެއް ކުރާނެ ކަމަކަށް ނުބެލެވޭކަމަށެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫ އާ 921 ކިލޯމީޓަރު ދުރަށް ހަތަރު ބިންހެލުން އައިސްފައިވެއެވެ.