English Edition
Dhivehi Edition

ރާއްޖޭގެ އެންމެ ދެކުނުން އައްޑޫސިޓީއާއި 920 ކިލޯމީޓަރު ދުރުން އިންޑިއާ ކަނޑަށް ބާރުގަދަ 4 ބިންހެލުމެއް އައިސްފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

އިންޑިއާ ކަނޑުގެ ކާލްސްބާގް ރިޖަށް މިއަދު ހެނދުނު ރާއްޖޭ ގަޑިން 06:04 ގައި އައި މި ހަތަރު ބިންހެލުމާ ގުޅޭ މައުލޫމާތު އަދި މިހާތަނަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައި ނުވެއެވެ. ސްރީ ލަންކާ އަދި ބޭރުގެ ބައެއް މީޑީއާތަކުން މިމަޢުލޫމާތުވަނީ ޢާންމުކޮށްފައެވެ.

ސްރީލަންކާގެ ޖިއޮލޮޖިކަލް ސާވޭ އެންޑް މައިންސް ބިއުރޯ (ޖީއެސްއެމްބީ) އާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ބިންހެލުންތަކާ ގުޅިގެން ސްރީލަންކާއަށް ސުނާމީގެ ނުރައްކަލެއް ނެތެވެ.

އެމެރިކާގެ ޖިއޮލޮޖިކަން ސާވޭއިން ބުނީ މި ބިނެހެލުންތައް އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 4.8، 5.0، 5.2 އަދި 5.8ގެ މެގްނިޓިއުޑް ބާރުމިނުގައިކަމަށެވެ. މީގެ ތެރެއިން 5.0 އާއި 5.2 މެގްނިޓިއުޑްގެ ބިންހެލުން އައިސްފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިން ނެވެ. އަދި 5.8 މެގްނިޓިއުޑްގެ ބިންހެލުން އައިސްފައިވަނީ ކަނޑުގެ 7.7 ކިލޯމީޓަރު އަޑިންނެވެ.