English Edition
Dhivehi Edition
މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު - ފޮޓޯ: ފޮރިން މިނިސްޓްރީ

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، ޒުވާން ޑިޕްލޮމެޓުންނާއި ސިވިލް ސާވެންޓުން ތަމްރީނު ކުރުމަށްޓަކައި ހާއްސަ ޕްރޮގްރާމެއް ފައްޓަވަން ނިންމަވާފައިވާކަމަށް ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަަގަކުރާ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމުގެ ކަންތައްތައް ނިންމުމުގައި، ހާއްސަކޮށް މުސްތަގުބަލަށް އޭގެ އަސަރު ކުރާ ފަދަ ސިޔާސަތުތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން މުހިންމުކަމަށް ގަބޫލުކުރައްވާކަމަށެވެ.

މި ގޮތުން “ޕީޖީއޭ ޔޫތު ފެލޯޝިޕް” ގެ ނަމުގައި ފަށާ ޕްރޮގްރާމްގައި ބައިވެރިކުރާ ޒުވާނުން އެމެރިކާގެ ނިއުޔޯކަށް ގެންގޮސް، އެއް އަހަރު ދުވަސް ހޭދަކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދު އދ.ގެ މައި އޮފީސް ހުންނަ ނިއު ޔޯކަށް ޒުވާނުން ގެންދިޔުމަށް ފަހު، އދ.ގެ ނިޒާމު މަސައްކަތް ކުރާ ގޮތް ދައްކައި، ގައުމުތަކުގެ ގުޅުމަށް ވަކާލާތު ކުރާ ބަޔަކަށް އެމީހުން ހެދުމަށް މަސައްކަތްކުރައްވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

މިދިޔަ ޖޫން މަހު އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވި ޝާހިދު އެ މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހުގެ ތެރޭގައެވެ.