6.2 Tanuge beys India in Rajje genesdheefi - AO News 6.2 Tanuge beys India in Rajje genesdheefi

ކޮވިޑް 19ކަވަރޭޖް

6,852,818CONFIRMED
3,352,066RECOVERED
3,102,470ACTIVE
398,282DEATHS
1883CONFIRMED
717RECOVERED
1157ACTIVE
7DEATHS
6.2 ޓަނުގެ ބޭސް އިންޑިއާއިން ރާއްޖެ ގެނެސްދީފި
2 މަސް ކުރިން

އިންޑިއާގެ އެކި ސިޓީތަކުގައި ރާއްޖެއަށް ނުގެނެވި ހުރި ބޭސްތައް، އިންޑިއާ ސަރުކާރުގެ އެހީގައި މިއަދު ރާއްޖެއަށް ގެނެސްފިއެވެ.

Advt

Advertisement

މިބޭސްތަކަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން އޯޑަރުކޮށްފައިވާ ބޭހުގެ ބާވަތްތަކެވެ. މިއަދު ރާއްޖެއަށް ގެނެސްފައިވަނީ 6.2 ޓަނުގެ ބޭހެވެ. ނަމަވެސް އެތަކެތި ގެނެވޭނެ ގޮތެއް ނެތިގެން އެ ބޭސްތައް ރާއްޖެއަށް ގެނެސްފައިވަނީ އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއްގަ އެވެ.

މިއަދު މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ހާއްސަ ރަަސްމިއްޔާތެއްގައި އެ ބޭސްތަކާ ހަވާލުވެލެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

މި ބޭސްތަކުގެ ތެރޭގައި ކޮވިޑް-19ގެ ފަރުވާއަށް ބޭނުންކުރެވޭ ބޭހުގެ ބާވަތްތަކާއި، ހޮސްޕިޓަލްތަކުގައި ބޭނުންކުރަން ޖެހޭ ޒަރޫރީ ބައެއް މުހިއްމު ބޭސްތައް ހިމެނެއެވެ. މި ބޭސްތައް އިންޑިއާގެ އެކި ސިޓީތަކުން ނަގައި، ރާއްޖެއާއި ހަމަށް ގެނެސްދީފައިވަނީ އިންޑިއާ އަސްކަރިއްޔާގެ އެހީތެރިކަމާއެކުގައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާ ވެފައި އޮތް ގައުމަކަށް މިއީ ވަރަށް ދަތި ދުވަސްވަރެއް ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެންމެ މުހިންމު އެއްޗަކީ ބޭސްކަން އޭނާ ފާހަގަކުރެއްވި އެވެ.

މިފަދަ މުހިއްމު ދަނޑިވަޅެއްގައި، އަދި އިންޑިއާގައި އެއްތަނުން އަނެއްތަނަށް ދަތުރުފަތުރުކުރުން ހުއްޓާލާފައި މިވަގުތު، އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެއްވި މި އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށާއި، ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރުގެ އިތުރުން އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ އިންޑިއާއިން އަބަދުވެސް އޮންނާނީ ރާއްޖެއާއެކު ކަމަށެވެ.

އިންޑިއާއިން ދާދި ފަހުން ވަނީ ރާއްޖެއަށް ބޭނުންވާ ބޭސްތަކުގެ ތެރެއިން ތިން މަހަށް ބޭނުންވާ ޒަރޫރީ ބޭސްތައްވެސް ހަދިޔާކޮށްފަ އެވެ.