English Edition
Dhivehi Edition

މާލޭ ސަރަހައްދުގައި ދުއްވޭނެ އެއްގަމު އުނޅަދު ފަހަރުގެ އަދަދު ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީގެ ތަރައްގީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އެކްޝަން ޕްލޭނަށް ހިޔާލު ހޯދުމަށް މައްޗަންގޮޅީ ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މާލޭގައި އެއްގަމު އުޅަނދުފަހަރު ގިނަވުމުގެ ސަބަބުން އާމުންނަށް ދިމާވާ އުނދަގޫތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް މާލޭ ސިޓީގައި ދުއްވޭނެ އެއްގަމު އުޅަނދުފަހަރުގެ އަދަދު ވަރަށް އަވަހަށް ކަނޑައަޅުއްވާ އިއުލާންކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި މުއިއްޒުވަނީ ކައުންސިލްގެ ޕްލޭން ހުށަހަޅުއްވާފަ އެވެ. އަދި މިހާރު ހިނގަމުންދާ ބައެއް މަޝްރޫއު ތަކުގެ ތަފްސީލް ހިއްސާކުރެއްވިއިރު މައްޗަންގޮޅިއަށް ހާއްސަކޮށް ހުރި މަޝްރޫއުތަކުގެ މައުލޫމާތު ދެއްވި އެވެ.

މާލޭގެ މޭޔަރުކަމާއި މުއިއްޒު ހަވާލުވި ފަހުން މާލެއަށް ގިނަ ބަދަލުތަކެއް ގެނެސް ތަރައްޤީގެ މަޝްރޫއުތައް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތްކުރައްވަމުން އަންނައިރު މުއިއްޒު ވަނީ މި ސަރުކާރަށް އެއްބާރުލުންދީގެން ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެކަމަށް ވިދާޅުވެފައެވެ.