English Edition
Dhivehi Edition
ރައީސް ޑރ،.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި ކުރެވޭ އުމުރު 21 އަހަރަށް މަތިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރޭ، މިކަން އިއުލާނުކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޒުވާނުން ދުންފަތާ ދުރުކުރުމަށްޓަކާ ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ހެދުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް (މިއަދު) މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

https://x.com/MMuizzu/status/1848424524276269400

ވޭޕްގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މާސްޓާޕްލޭނެއް އެކުލަވާލަން ރައީސް ވަނީ އިއުލާންކުރައްވާފައެވެ.

އެ ގޮތުން ދުންފަތާ ދުރު މުޖުތަމައުއެއް ބިނާކުރުމަށް އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކަށާއި، ދުންފަތުގެ އިސްތިއުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތައާރަފްކުރުން ހިމެނެއެވެ. އަދި އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާއީ ކަމަކަށް މާލީ އެހީތެރިކަން ދިނުމުގެ އިތުރުން ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފަރުވާ، ކޮންމެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން ހިމެނެއެވެ.