English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

މާލޭގައި ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ތިން ފިރިހެނުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ 22:00 ހާއިރު ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރު ދައްކާ މާރާމާރީ ހިންގާފައިވާކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން މިހާރު 35 އަހަރުގެ މީހަކާ 39 އަހަރުގެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ އިދަރާއިން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެމީހުން ހައްޔަރުކުރުމުގައި އަމަލުކުރި ގޮތާ މެދު ޝަކުވާތައް ލިބިފައިވާތީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑްސް ކޮމާންޑް އިން އެކަން ބަލަމުން އަންނަކަމަށެވެ.