English Edition
Dhivehi Edition

ރާއްޖެ އަށް ޕާޓީ ސިސްޓަމުން ދިން ގެއްލުން, މިހާރުވެސް ވަރަށް ރަނގަޅަށް ފެންނަމުންދާކަމަށް ދިވެހި ގައުމީ ހަރަކާތް (ޑީއެންއޭ) ގައި އިސްކޮށް އުޅުއްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ދިވެހި ޗެނެލްގެ “ހަވާސާ” ޕްރޮގްރާމްގައި އުމަރު ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފައްދައިގެން މަސައްކަތްކުރުމުގެ ގާބިލްކަން އެބަހުރި ކަމަށެވެ. އެހެންނަމަވެސް ސިޔާސީ ޕާޓީއެއް އުފައްދަން ބޭނުން ނުވަނީ ސޔާސީ ޕާޓީތަކުން ރާއްޖެ އަށް ދިން ގެއްލުން ފެންނަން އޮތުމުން ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.

ސިޔާސީ ޕަޓީތަކާއެކު ރައްޔިތުންނަށް ލިބުނީ މާޔޫސްކަން ފާހަގަކުރަމުން އުމަރު ވިދާޅުވީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހިންގަނީ ޕާޓީތަކަށް ރަސްކަންދޭ އުސޫލުން ކަމަށެވެ. ރާއްޖޭގޭ ސިޔާސީ ޕާޓީގެ ނިޒާމް ފެއިލްވާ ސަބަބަކީ އެ ޕާޓީއެއްގެ ލީޑަރަކާއި ޚިޔާލު ތަފާތުވާ ކޮންމެ މީހަކު ޕާޓީ އިން ވަކިކުރުންކަމަށްވެސް އުމަރު ވިދާޅުވިއެވެ.

މީގެ ކުރިންވެސް އުމަރު ވަނީ 2023 ވަނަ އަހަރު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށާއި ސިޔާސީ ޕާޓީއަކުން ވާދަކުރެއްވުމުގެ ވިސްނުމެއް އަދި ނުގެންގުޅުއްވާކަމަށް ވިދާޅުވެފައެވެ.