English Edition
Dhivehi Edition
އުމަރު ނަސީރު

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޓަކައި އޭނާ ގެންގުޅުއްވާނީ ސިންގަޕޫރުގައި މަސްތުވާތަކެތީގެ ވަބާ ހައްލުކުރަން ބޭނުންކުރި އުކުޅާއެކު އިސްލާމީ ޝަރީއަތުގެ ހުކުމްތައް ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މިއަހަރު ރިޔާސީ އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުން ވަދަކުރައްވާ އުމަރު ނަސީރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި މީގެ ކުރީގެ އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. މިއަދު މަސްތުވާތަކެތީގެ ނުރައްކާ ރާއްޖެއަށް ފެތުރިފައިވާ މިންވަރަށް ފެތުރުނު މައިގަނޑު ސަބަބަކީ އެއީ ކަން ފާހަގަކޮށް އުމަރު ވިދާޅުވީ އެ ނުރައްކާ ބޮޑުވީ ރާއްޖޭގައި އެ ކަން ފެތުރިފައި އޮތް މިންވަރުން އެކަނި ނޫންކަމަށެވެ.އަދި މަސްތުވާތަކެތި ގައުމުތަކަށް ފޮނުވާ ޓްރާންސްޝިޕްމަންޓް ބަނދަރަކަށް ވެސް ރާއްޖެ ވެފައި އޮތުމަކީ އެ ނުރައްކާ ބޮޑުވުމުގެ ސަބަބެއްކަމަށް އުުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ އެއްވެސް ސަރުކާރަކަށް އެ ކަން ހައްލުކުރާނެ ގޮތެއް ބުނެނުދެވޭ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ތިއްބެވި ކެންޑިޑޭޓުން ވެސް ދައްކަނީ ފެއިލްވެފައި އޮތް ފޯމިއުލާއެއްކަމަށް އުމަރު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވަބާގެ އިތުރުން ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވަމުން އައުމާއި، ބޭރު ގައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމުގެ އިތުރުން ބިދޭސީންގެ އަތްމައްޗަށް ދިވެހި ވިޔަފާރި ދިއުމާއި އިސްލާމީ ޝަރީއަތް ތަންފީޒުނުކުރެވުމަކީވެސް ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ގޮތުގައި އުމަރު ވަނީ ފާހަގަކޮށްފައެވެ.