English Edition
Dhivehi Edition

މައްސަލަތަކަށް ހައްލު ހޯދުމަށް އިންތިޚާބު ކުރާންވީ އަޒުމް ވަރުގަދަ ވެރިއެއް ކަމުގައި އުަމރު ނަސީރު ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު މިހެން ވިދާޅުވީ އޭނާގެ ކެމްޕެއިން ފެށުމުގެ ގޮތުން ވ. އަތޮޅުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އުމަރު ނަސީރު ވިދާޅުވީ ދިވެހިރާއްޖޭގެ މައްސަލަތަކަށް ހައްލު ހޯދުމަށް އިންތިޚާބު ކުރާންވީ އަޒުމް ވަރުގަދަ ޖެހިލުން ކުޑަ ވެރިއެއް ކަމަށެވެ.

ވ. ކެޔޮދޫއަށް ކުރެއްވި ކެމްޕޭން ދަތުރުގައި އެރަށުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ހައްލު ބޭނުންވާ މައްސަލަތަކަކީ، ދިވެހިރާއްޖެ ދަރަނިވެރިވުމާއި، ޒުވާނުން މަސްތުގެ ވަބާގައި ޖެހުން ކަމަށެވެ. އަދި ސުކޫލު ދަރިވަރުންގެ އަޚުލާގު ނެތުމާއި ގޭންގުތައް އާންމުވެ، މީހުން މެރުން ފަދަ މައްސަލަތަކައް ކަމަށެވެ.

ކުރީގެ ހޯމް މިނިސްޓަރ އިތުރަށް ވިދާޅުވީ އޭނާގެ އަމާޒަކީ އިސްވެ ދެންނެވުނު މައްސަލަތަކުން ގައުމު ސަލާމަތް ކޮށްދީ، ގައުމުގައި އަމާންކަން ގާއިމް ކުރުން ކަމުގައެވެ. އަދި ހަލާކުވެގެން ދަނީ އިސްލާމް ދީނުގެ އަޚްލާގުގައި ނުހިފަހައްޓާތީ ކަމަށާއި، އިސްލާމީ ޝަރީއަތާއި ކައިރިޔަށް ރާއްގެ ގެންދިއުމަށް އޭނާ އަބަދުވެސް ވަކާލާތު ކުރައްވާ ސަބަބަކީ އެއީ ކަމުގައެވެ.