English Edition
Dhivehi Edition

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ ކެމްޕޭން މާދަމާ ފެށުމަށް ނިންމައިފިއެވެ.

މި ކެމްޕޭން ފެށުމުގެ ގޮތުން އެންމެފުރަތަމަ ވަޑައިގަންނަވާނީ ވ. އަތޮޅުގެ ތިން ރަށަކަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެގޮތުން ފެލިދޫ، ކެޔޮދޫ އަދި ވ. ފުލިދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ދަތުރުގައި މަސްތުވާތަކެތީގެ މައްސަލަތަކާއި އެހެނިހެން ބޮޑެތި މައްސަލަތައް ވެސް ހައްލު ކުރުމުގައި އިސްލާމްދީނުގެ ޝަރީއަތުގައި ހިފުމުގެ މުހިންމުކަމާއި ބެހޭގޮތުން ވާހަކަ ދައްކަވާނެ ކަމަށް މުއުތަބަރު ފަރާތަކުން ބުނެއެވެ.

“އާ މިސްރާބަކަށް އުމަރު 2023″ ޝިއާރާ އެކު އުމަރުގެ ކެމްޕޭން ލޯންޗްކޮށްފައިވަނީ ފެބްރުއަރީ 3. 2023 ގައެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އޭނާ ވާދަކޮށްފައިވާއިރު، އެ އިންތިހާބުގައި އުމަރު ވާދަ ކުރެއްވީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ޕާޓީއެއް ހަދައިގެންނެވެ.

މީގެ އިތުރުން ޕީޕީއެމްއާއި ގުޅި ވަޑައިގަތުމަށްފަހު 2013 ވަނަ އަހަރު އޮތް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ވަނީ ވާދަ ކުރައްވާފައެވެ. ނަމަވެސް މި ދެ ފަހަރު ވެސް އުމަރަށް ކާމިޔާބެއް ނުލިބެއެވެ.