English Edition
Dhivehi Edition

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ހައްޔަރުކުރި ލ. ގަން ދުންފިނިއުފާ އަހުމަދު ފާތިހު ދޫކޮށްލައިފިއެވެ.

ފާތިހު ދޫކޮށްލާފައިމިވަނީ، އޭނާގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެކި ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައި ވަނިކޮށެވެ.

ޕީޖީން ދައުވާ ނުކުރަން ނިންމާފައިވާތީ ފާތިހު ދޫކޮށްލާފައިވާކަން ފުލުހުންވެސްވަނީ ކަށަވަރަކޮށްދީފައެވެ.

މީގެ ކުރިން ފުލުހުންގެ އިންޓެލިޖަންސްގައިވެސް މަސައްކަތްކުރި ފާތިހު ފުލުހުންގެ ބަންދުން މުޖުތަމައުއަށް ދޫކޮށްލިޔަސް އޭނާގެ ހަރަކާތްތައް ބެލޭނެ ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ގާނޫނުން ލިބިގެންވާ ކަމަށް ޕީޖީ އިންވަނީ ބުނެފައެވެ.