English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ ފުޓްސަލްދަނޑުގެ ފެންސުގައި ނެޓުޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

ކައުންސިލުން މިއަދު ކުރި އިއުލާނުގައިވަނީ އައްޑޫ ސިޓީ މީދޫ އަވަށު ޝަމްސުއްދީން ސްކޫލާއި ދިމާލަށް އޮންނަ ފުޓްސަލްދަނޑުގެ ފެންސުގައި ނެޓުޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. އަދި ބިޑް ޑޮކިއުމަންޓް 2021 އޯގަސްޓް 05 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2021 އޯގަސްޓް 12 ވާ ބުރާސްފަތި ދުވަހުގެ 14:00އާއި ހަމަޔަށް ގަންނަން ލިބެން ހުންނާނެކަމަށް ކައުންސިލްގެ އިއުލާނުގައި ވަނީ ބުނެފައެވެ.

މި މަސައްކަތުގެ ބީލަމުގައި ބައިވެރިވުމަށް 300 ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން 2021 އޯގަސްޓް 05 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2021 އޯގަސްޓް 15 ވާ އާދީއްތަ ދުވަހުގެ 12:00 އާއި ދެމެދު [email protected] އެޑްރެހަށް މެއިލްކޮށްދިނުމަށް ކައުންސިލުންވަނީ އެދިފައެވެ. އަދި މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2021 އޯގަސްޓް 15 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަކުން ފޮނުވާނެކަމަށްވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އެ އިއުލާނުގައި ވަނީ ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުށަހެޅުން އޮންނާނީ 2021 އޯގަސްޓް 18 ވާ ބުދަ ދުވަހުގެ 10:00ގައި ކައުންސިލްގެ އިދާރާގައިކަމަށެވެ.

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގެ ދަށުން އައްޑޫ ސިޓީގެ މީދޫގައި ޔޫތު މިނިސްޓްރީން ގާއިމް ކުރި ފުޓްސަލް ދަނޑު ހުޅުވާފައިވަނީ 2015 ވަނަ އަހަރުގައެވެ. އެހެންނަމަވެސް އޭގެ ފަހުން ދަނޑުގެ އެއްވެސް މަރާމާތެއް ކަމާއި ބެހޭ އެއްވެސް އިދާރާއަކުން ކޮށްފައި ނުވާއިރު އެ ފުޓްސަލް ދަނޑުވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.