English Edition
Dhivehi Edition
މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ތިންވަނަ ޖަލްސާގައި ޑީއާރުޕީގެ ލީޑަރ، ޢަބްދުﷲ ޖާބިރު ވާހަކަދައްކަވަނީ - ފޮޓޯ: މަޖިލިސް

މި ސަރުކާރާއި ދެކޮޅު އެންމެންނާއި ގުޅެން ތައްޔާރަށް ހުންނެވިކަމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

‘ސަން’ އަށް ދިން އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ މި ސަރުކާރު ގާނޫނީ އިމުގެ ތެރެއިން ބަދަލުކުރުމަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމުން ދުރުކުރުމަށް އިދިކޮޅު ކޯލިޝަނާއި ގުޅެންވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.
އިދިކޮޅު ކޯލިޝަނާއި ގުޅިގެން މަސައްކަތްކުރަން ބޭނުންވާ ކަމަށާއި އަބަދުވެސް އިދިކޮޅު ކޯލިޝަނާއި ގުޅެން ބޭނުންވާކަމަށް ޖާބިރު ވިދާޅުވެފައިވާއިރު އޭނާއަކީ އެންމެ ބޮޑަށް އިދިކޮޅު ފަރާތްތަކަށާއި ރައީސް ޔާމީން އަބްދުލްގައްޔޫމަށްވެސް ފާޑުވިދާޅުވާ ބޭފުޅެކެވެ. އަބަދުވެސް ސަރުކާރުގެ އެކިއެކި ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ގެންދަވާ ޖާބިރު ވަނީ އަންގާރަ ދުވަހު މަޖިލިސް އިދާރާ ކައިރީގައި ވެސް އިހުތިޖާޖުކުރައްވާފައެވެ.
މީގެ އިތުރުން އިއްޔެ ކިނބިގަސްދޮށުގެ ކައިރިއަށް ވަޑައިގެން ޖާބިރު ވަނީ ކުރީގެ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.