English Edition
Dhivehi Edition
އާ ސަރުކާރުގެ ވަޒީރުންގެ މަޖިލީސް ހުވާ ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ޢައްޔަންކޮށްފައިވާ ބޭފުޅުންގެ ނަންފުޅު، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މި 22 މެންބަރުން ޢައްޔަނު ކުރައްވާފައިވަނީ 17 ނޮވެންބަރު 2023 ވީ ހުކުރުދުވަހުގެ ރެއެވެ.

އައު ސަރުކާރުގެ ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ 22 ބޭފުޅުންގެ މައްޗަށެވެ.

ތިރީގައި އެ ވަނީ މި ސަރުކާރުގެ ވަޒީރުންގެ ނަންތަކެވެ.

1. ފިނޭންސް މިނިސްޓަރު – ޑރ. މުހައްމަދު ޝަފީގް

2. ބަންޑާރަ ނައިބު – އަހްމަދު އުޝާމް

3. ފޮރިން މިނިސްޓަރު – މޫސާ ޒަމީރު

4. ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓްކެނޮލޮޖީ މިނިސްޓަރު – އަލީ އިހުސާން

5. ޑިފެންސް މިނިސްޓަރު – ޣައްސާން މައުމޫން

6. ހައުސިން އެންޑް އާބަން ޑެވޮލޮޕްމަންޓު މިނިސްޓަރު – ޑރ. އަލީ ހައިދަރު

7. އިންފްރާސްޓްރަކްޗާ މިނިސްޓަރު – ޑރ. އަބްދުﷲ މުއްތަލިބް

8. އިކޮނޮމިކް ޑިވޮލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު – މުހައްމަދު ސައީދު

9. ހެލްތު މިނިސްޓަރު – ޑރ. އަބްދުﷲ ހަލީލް

10. ޓޫރިޒަމް މިނިސްޓަރު – އިބްރާހިމް ފައިސަލް

11. ލޯކަލް ގަވަނަންސް މިނިސްޓަރު – އާދަމް ޝަރީފް އުމަރު

12. އެޑިއުކޭޝަން މިނިސްޓަރު – ޑރ. އިސްމާއިލް ޝަފީއު

13. ހަޔަ އެޑިއުކޭޝަން މިނިސްޓަރު – ޑރ. މަރިޔަމް މާރިޔާ

14. އިސްލާމިކް މިނިސްޓަރު – ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

15. ސްޕޯޓްސް މިނިސްޓަރު – އަބްދުﷲ ރާފިއު

16. ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު – އިބްރާހިމް ވަހީދު (އަސްވާޑު)

17. އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު – ޑރ. އައިޝަތު ރަމީލާ

18. ޓްރާންސްޕޯޓް މިނިސްޓަރު – މުހައްމަދު އަމީން (ކެޕްޓަން އަމީން)

19. ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމަންޓު މިނިސްޓަރު – ޑރ. އައިޝަތު ޝިހާމް

20. ތިމާވެއްޓާ ބެހޭ މިނިސްޓަރު – ތޯރިގު އިބްރާހިމް

21. ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު – އަހްމަދު ޝިޔާމް

22. ބަހާއި ތާރީޚާއި ސަގާފަތާ ބެހޭ މިނިސްޓަރު – އާދަމް ނަސީރު އިބުރާހިމް

ރިޔާސީ އައު ދައުރާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަލަށް 4 ވުޒާރާއެއް އުފައްދަވާފައެވެ. އަދި ކުރިންވެސް ހިންގަވަމުން ގެންދެވި 9 ވުޒާރާއެއްގެ ނަމަށް ބަދަލުގެންނަވާފައެވެ.