ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ދެއްވި ދަރަނި އަދާކޮށްފައި ނުވާތީ ކަމަށް ވިދާޅުވެ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ކަނބިގަސްދޮށުގެ އާއި ހަވާލުވުމަށް ވަޑައިގަންނަވައިފިއެވެ،
މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އަނބުރާ ދައްކަވާ ގޮތަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަތުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމު ދަރަންޏަށް ނެންގެވި 29 މިލިއަން ރުފިޔާ އަބުރާ ނުދެއްވާކަމަށް ވިދާޅުވެ މީގެ ކުރިންވެސް ޖާބިރު ވަނީ ވަރަށް ބޮޑަށް ރައީސް މައުމޫނު އަށް ފާޑުވިދާޅުވެފައެވެ
މިއަދު ކިނބިގަސްދޮށުގެ ކައިރި އަށް ވަޑައިގެން، އެތަނުގައި އިރުކޮޅަކު މަޑު ކުރައްވާ ޖާބިރު ވަނީ ބަޔާނެއްވެސް ދެއްވާފައެވެ، މި ގޮތުން ޖާބިރު ވިދާޅުވީ ޝަރުއީ މަރުހަލާގެ ތެރެއިންވެސް އޭނާ އަށް އިންސާފް ލިބިވަޑައިނުގެންނެވި ކަމަށާއި އަދުލު އިންސާފު ނެތުމުން އަމިއްލައަށް އަދުލު އިންސާފް ގާއިމް ކުރަމުންދާ ކަމަށެވެ. އެހެންކަމުން އޭނާ އެތަނުގައި ހުންނެވީ ކިނބިގަސްދޮށުގެ އާއި ހަވާލުވުމަށްކަމަށް ޖާބިރު ވިދާޅުވިއެވެ.
މިއަދު ޖާބިރު ކިނބިގަސްދޮށު ކައިރިއަށް ވަޑައިގެން ނުރުހުންފާޅުކޮށް އެގޭގައި ހުރި ވެޔޮގަނޑަކަށް ވެސް ގެއްލުން ދެއްވިއިރު، އިއްޔެ ޖާބިރުވަނީ މަޖިލިސް އިދާރާގެ ދޮރުކުރިމަތީ އޮށޯވެ އޮންނަވައިގެންވެސް އިހްތިޖާޖުކުރައްވާފައެވެ.
ފައިސާއަށް ހިޔާނަތްތެރިވިކަމުގެ ތުހުމަތުތަކާއެކު ފާރިސް ގެ މައްސަލަ ޕޮލިހަށް ހުށަހަޅައިފި