English Edition
Dhivehi Edition
ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ދޮރުކުރިމަތީ އޮށޯވެ އޮންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އިހުތިޖާޖް ކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޖާބިރު ވަޑައިގެން މަޖިލީހުގެ މައި ދޮރާށީގެ ކައިރީގައި އިށީދެވަޑައިގެން ހަޅޭއް ލައްވަމުން ގެންދެވި އެވެ. އެހެންނަމަވެސް ޖާބިރު މި އިހްތިޖާޖުކުރެއްވީ ކޮން ސަބަބަކާ ހެދިކަން ސާފުވެފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަގޮތުން ޖަބިރު އެތަނުން ތެދުވެވަޑައިގަންނަވާތޯ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު މަސައްކަތްކުރައްވައެެވެ. އެހެންނަމަވެސް ޖާބިރު ވަނީ އެތަން ދޫކޮށް ދިއުމަށް އިންކާރުކޮށްފައެވެ. އަދި ދިޔާނާ މަޖިލިސް ކައިރިން ވަޑައިގަތުމަށް ޖާބިރު އެދިވަޑައިގަތުމުން، އޭނާ ވަނީ އެ ސަރަހައްދު ދޫކޮށް ވަޑައިގެންފައެވެ.