English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫ ފާހި ސްޕޯޓްސް ކްލަބް އިން އިންތިޒާމުކޮށްގެން ބޭއްވި ‘ފާހި އިން ހައުސް ކަޕް 2021’ ގެ ޗެމްޕިއަންކަން ދިގިހެރަ އެފްސީ އިން ހޯދައިފިއެވެ.

އިއްޔެ ކުޅުނު ފައިނަލް މެޗުގައި ޓީމް ކަނބިހާ އާއި ދިގިހެރަ އެފްސީ ބައްދަލުކުރިއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް ވަނީ ދެ ލަނޑުން އެއްވަރުވެފައެވެ. އިއްޔެގެ ފައިނަލް މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޕެނެލްޓީ ޖަހާފައިވާއިރު، ދިގިހެރަ އެފްސީއިން މެޗު ކާމިޔާބުކުރީ 08-09 ގެ ނަތީޖާއަކުންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން މި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ދިގިހެރަ އެފްސީގެ އަހްމަދު ހާމީ ނަޖާހްއެވެ.

ފާހި ސްޕޯޓްސް ކްލަބްގެ އެތެރޭގެ މުބާރާތުގައި ޖުމްލަ ފަސް ޓީމް ބައިވެރިވެފައިވާއިރު، އިއްޔެ ބޭއްވި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަނަތަކަށް އައި ކުޅުންތެރިންނަށް އިނާމް ހަވާލުކޮށްދެއްވީ ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރ އާމިނަތު ސަލްމާއެވެ.

  • މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ – އަހްމަދު ހާމީ ނަޖާހް ( ދިގިހެރަ އެފްސީ)
  • މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާ – ހުސައިން ޝާމިން(ޓީމް ކަނބިހާ)
  • ފެއަރ ޕްލޭ ޓީމް – (ރާބޮލި އެފްސީ)
  • ފެއަރ ޕްލެޔަރ – ހަސަން ޝަޔާން ރަޝީދު (ޓީމް މާރަނގަ)
  • އެންމެ އުންމީދީ ކުޅުންތެރިޔާ – މުހައްމަދު އާލީ އަބްދުއްލާ ޝިފާޒް( ދިގިހެރަ އެފްސީ)

މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިން

  • އަހްމަދު އަޝަފާޤް( ދިގިހެރަ އެފްސީ)
  • ޔޫސުފް ސިދަމް(ދޮންދީނި އެފްސީ)
  • ހުސައިން ލަތީފް(ޓީމް ކަނބިހާ)
  • އަހްމަދު ހާމީ ނަޖާހް( ދިގިހެރަ އެފްސީ)
  • މުހައްމަދު ސަޔަމް ސައީދު( ދިގިހެރަ އެފްސީ)
  • ހައިކަލް ބަޝީރު( ދިގިހެރަ އެފްސީ)
  • ހުސައިން ޝާމިން(ޓީމް ކަނބިހާ)