English Edition
Dhivehi Edition

މިނިވަންކަޕް 2022 ގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި، ބޮޑު ތަފާތަކުން މޮޅުވެ މިނިވަންކަޕް 2022 އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

އިއްޔެ ހަވީރު ހުޅުދޫ ޓާފް ދަނޑުގައި ފެށިގެން ދިޔަ މި މުބާރާތުގެ ފުރަތަމަ މެޗުގައި ފާހި ސްޕޯޓްސް ކްލަބާއި ބައްދަލުކޮށް ލޮތަރި އިން މި މެޗު ކާމިޔާބުކުރީ 9 ލަނޑުންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ފާހި ސްޕޯޓްސް އަށް އެއްވެސް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާއިރު، މެޗުގެ ގިނަ ވަގުތު ބޯޅަ ގެންގުޅެ ލޮތަރިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ފަހު ހާފުގައި ފާހި ސްޕޯޓްސް އަށްވެސް ލަނޑުޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިގެން ދިޔައެވެ،

May be an image of 8 people, people standing and grass

މިއަދު ކުޅުނު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކްލަބް ލޮތަރީގެ ހަސަން ސަހާފްއެވެ. އައްޑޫ ސިޓީ ހުޅުދޫގައި ކުރިއަށް ގެންދާ މި މުބާރާތް، ގިނަ ދުވަސްތަކެއްގެ މެދު ކެނޑުމަކަށްފަހު މިއަހަރު ކުރިއަށް ގެންދަނީ 23 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެންނެވެ.

މި މުބާރާތް އިންތިޒާމުކުރާ އެޗްއެސްސީން އިން ބުނީ މުބާރާތުގެ އެންމެ ބޮޑު އެއް މަގްސަދަކީ ފުޓުބޯޅަ ކުރިއަރުވައި އާލާކޮށް، އެ ކުޅިވަރުން އެއްބައިވަންތަކަން ގާއިމުކޮށް، އިޖުތިމާއީ ހޭލުންތެރިކަން އިތުރު ކުރުންކަމަށެވެ.

 

1 ކޮމެންޓް
Anonymous
ޖުލައި 16, 2022
Please be informed that Lothari is not a dhivehi word and it neither is a name for any team. The correct way to " pronounce Lothāri is "Lothaari.