English Edition
Dhivehi Edition

މިނިވަންކަޕް 2022 ގައި އިއްޔެ ކުޅުނު މެޗު ގައި ބައްދަލުކުރީ ފާހި ސްޕޯޓްސް ކްލަބާއި ލޮތާރި ޖޫނިއާސް އެވެ.

ހުޅުދޫ ރަސްމީ ދަނޑުގައި ކުރިއަށް ދިޔަ މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު މެޗު ނިމިގެން ދިޔައީ 1 ލަނޑު 1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ހާފްގައި ފާހި ސްޕޯޓްސް ގެ އާއިޝް އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައިވާއިރު މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ އެކެއް، ސުމެއްގެ ނަތީޖާއިން ފާހި ސްޕޯޓްސް ކުޜީގައި އޮވެގެންނެވެ. މި މެޗިގައި ލޮތާރި ޖޫނިއާސް އަށް ލަނޑުޖަހާނެ ގިނަ ފުރުސަތު ތަކެއް ވަނީ ލިބިފައެވެ. މެޗުގެ ދެވަނަ ހާފްގައި ލޮތާރި ޖޫނިއާސްގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައިވާއިރު މެޗުގެ ނަތީޖާ އެއްވަރުވި ލަނޑު ކާމިޔާބުކޮށްދިނީ ލޮތާރި ޖޫނިއާސްގެ ސައްމާންއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފާހި ސްޕޯޓްސް ކްލަބްގެ އާއިޝްއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ފާހި ސްޕޯޓްސް ކްލަބާއި ބައްދަލުކޮށް ކްލަބް ލޮތަރި އިން މި މެޗު ކާމިޔާބުކުރީ 9 ލަނޑުންނެވެ. އަދު މި މުބާރާތުގެ ގުރޫޕް ސްޓޭޖްގައި ލޮތާރި ޖޫނިއާސް އާއު ކްލަބް ލޮތާރި ބައްދަލުކުރި މެޗު ކްލަބް ލޮތާރީން ކާމިޔާބުކުރީ 5 ލަނޑު 1 ލަނޑުންއެވެ. އެހެންކަމުން އިއްޔެގެ މެޗުގެ ނަތީޖާ އެއްވަރު ވުމުން ފާހި ސްޕޯޓްސް ކްލަބް މުބާރާތުން ކަޓާފައިވާއިރު ލޮތާރި ޖޫނިއާސް ވަނީ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައެވެ.

. މި މުބާރާތުގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗު މިއަދު ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗުގައި ބައްދަލުކުރަނީ ހުޅުދޫ ޔޫތާއި ހުޅުދޫ ޖިއޯވެންޓް ޔުނައިޓެޑްއެވެ.