English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫ ފާހި ސްޕޯޓްސް ކްލަބް އިން އިންތިޒާމުކޮށްގެން ބާއްވާ ‘ފާހި އިން ހައުސް ކަޕް 2021’ ފަށައިފިއެވެ.

އިއްޔެ ފެށި އެ ކްލަބްގެ އެތެރޭގެ މުބާރާތުގައި ޖުމްލަ ފަސް ޓީމް ބައިވެރިވެފައިވާއިރު، ކޮންމެ ދުވަހަކު މުބާރާތުގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފާހި ސްޕޯޓްސް ކްލަބުން ބުނީ މި މުބާރާތުގެ އެންމެ ބޮޑު މަގްސަދަކީ ކްލަބްގެ ކުޅުންތެރިންނާއި މެމްބަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ރޫހު ދިރުވާ އާލާކުރުންކަމަށެވެ.

މިނިވަން ދުވަހާއި ގުޅުވައިގެން އިއްޔެ ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ޓީމް ކަނބިހާ އާއި ދޮންދީނި އެފްސީ ބައްދަލުކޮށްފައިވާއިރު، މި މެޗު ޝަރަފުވެރިކޮށްދެއްވީ ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސަލްމާއެވެ.

No description available.

އިއްޔެ ކުޅުނު ފުރަތަމަ މެޗު ގައި ޓީމް ކަނބިހާ އާއި ދޮންދީނީ އެފްސީ ކުޅުނު މެޗު 5 ލަނޑު ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު ޓީމް ކަނބިހާގެ ފަސް ލަނޑުވެސް ކާމިޔާބުކޮށްދިނީ ޝާމިން(ޝަނާ)އެވެ. ދޮންދީނި އެފްސީގެ 4 ލަނޑު އެ ޓީމްގެ ޝަވީން(ޝައްވާ) ކާމިޔާބުކޮށްދިން އިރު އަޝްވިންވެސް ވަނީ އެއް ލަނޑު ކާމިޔާބުކޮށްދީފައެވެ.ފޯރިގަދަ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީމް ކަނބިހާގެ ޝާމިންއެވެ.

No description available.

މިއަދުވެސް މި މުބާރާތުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާރަނގަ އާއި ރާބޯލި އެފްސީއެވެ.

No description available.