English Edition
Dhivehi Edition
އިސްލާމިކް ސެންޓަރުގައި ބިދޭސީންނަށް ވެކްސިން ޖަހައިދެނީ-- މިހާރު ފައިލް ފޮޓޯ/ އަހުމަދު އަވްޝަން

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ހޯދާފައިވާ ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒުވިދާޅުވީ ދިވެހި އާބާދީއަށް ބޭނުންވާ މިންވަރަށް ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ހޯދިފައިވާ ކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވަނީ އާންމު ހާލަތަށް ދިއުމަށް ވެކްސިންގެ މުހިންމު ކަން ފާހަގަ ކުރައްވާ ވެކްސިން ކެންޕެއިނަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ،

ރާއްޖެއިން މިހާތަނަށް 321،594 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އޭގެ ތެރެއިން 263،067 މީހަކު ވަނީ ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޭނުންކުރަން ފަށާފައި ވަނީ އޮކްސްފަރޑް ޔުނިވަރސިޓީ އާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ “އޮކްސްފަރޑް-އެސްޓްރާޒެނެކާ ވެކްސިން،” ގެ މައްޗަށް ބިނާކޮށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން “ކޮވިޝީލްޑް” ބްރޭންޑްގެ ދަށުން އުފައްދާފައިވާ ވެކްސިނެވެ.