English Edition
Dhivehi Edition

ހުޅުމާލެ ފޭސް-2 އަކާއި ބްރިޖަކީވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ތަސައްވުރެއް ކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ،

ޔުމްނާ މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުކުންނެވީ އޭރު ރާއްޖެއަށް އަންނަމުންދިޔަ ތަރައްގީއާއެކު މައުމޫންގެ “ލެގަސީ” ދުއްވާލަމުންދަތީ ކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ،

ޕީޕީއެމް އިން ބޭއްވި ޖަލްސާއެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން އާއި ރައީސް މައުމޫނުގެ ގުޅުން ގޯސްވެފައިވަނިކޮށް، އޮކްޓޯބަރު 7، 2016 ގައި ރައީސް ޔާމީންގެ އެދިވަޑައިގަތުމަކަށް ރައީސް މައުމޫނާ ބައްދަލު ކުރެއްވި ކަމަށެވެ. އަދި އެ ދުވަހު މައުމޫންގެ ހިތްޕުޅުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ގޮތުން އޭރު ހިންގަމުން އައި ބޮޑެތި ބައެއް މަޝްރޫއުތަކާ ގުޅޭގޮތުން މައުމޫން ސުވާލު އުފެއްދެވިކަމަށާއި މާލެ-ހުޅުލެ ގުޅާލަން ބްރިޖު އަޅަނީ ކީއްކުރަންތޯ އާއި އެ މަސައްކަތަށްވުރެ މާ މުހިންމު ކަންކަން އެބަހުރި ކަމަށް މައުމޫނު ވިދާޅުވިކަމަށް، އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ޔުމްނާ ވަނީ އަބްދުއްރަހީމްގެ ވާހަކަތައް ދޮގުކޮށް ރައީސް މައުމޫނުގެ ތާއިދު އަބުރާ ގެންދެވި ސަބަބު ހާމަކުރައްވާފައެވެ. މި ގޮތުން ޔުމްނާ ވިދާޅުވީ ތާއީދު އަނބުރާ ގެންދެވީ ޕީޕީއެމްގެ ސަރުކާރު، ޕީޕީއެމްގެ އުސޫލުތަކާއި ދުރަށް ގޮސް ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ތެރެއަށް ދިއުމުންކަމަށެވެ. އަދި އޭރު ކަންކަން ހިނގާދިޔަ ގޮތް ހަނދާން ނެތޭހާ ދުވަހެއް ނުވާކަމަށް ޔުމްނާ ވަނީ ވިދާޅުވެފައެވެ.

1 ކޮމެންޓް
މަރުމޯލު
ޖުލައި 31, 2021
މާލެއަށް ބައްކުރާ ސިޔާސަތު ގެންގުޅޭ މީހުން